އިލްޔާސްގެ ތައާރުފް.

ބައްޕްއާއި މަންމައާއި މާމަ:

އިލްޔާސް ހުސައިން އިބްރާހީމް (ޖަވާހިރުވާދީ އިލްޔާސް) ގެ ލޮބުވެތި ބައްޕައަކީ، ދިވެހި ދައުލަތުގެ ބޮޑުސްޓޯރު، ސަރުކާރުގެ އޭރުގެ އެންމެމަތީ މާލީއިދާރާގައި އެންމެފުރަތަމަ މަސައްކަތް ކުރެއްވި ކޭޝިޔަރެވެ. ދައުލަތުގެ ހުރިހާ ފައިސާއަކާ ހަވާލުވެ ހުންނެވީ އެބޭފުޅާއެވެ. އަދި ދ.އަތޮޅު (ނިލަންދެ އަތޮޅުދެކުނު ބުރީ) ގެ އަތޮޅުވެރިކަން ކުރެއްވުމާއެކު މުޅިއުމުރު ހޭދަކުރެއްވީ، ދިވެހި ދައުލަތުގެ ޚިދުމަތުގައެވެ. އުފަންވީ ސ.ހުޅުދޫއަށް، 25 ޖުލައި 1925މ، ގައެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 11 މެއި 1980މ، ވީ އާދީއްތަ ދުވަހު ފަތިސްނަމާދަށް ފަހުގައެވެ. އިލްޔާސްގެ ބައްޕައާއެކު އިލްޔާސްގެ މަންމަ ކާވެނި ކުރެއްވީ، 23 އޮކްޓޯބަރ 1953މ، 14 ޞަފަރު 1373ހ، ވީ ހުކުރު ދުވަހުގެ ޤަމަރު ސާޢަތުގައި ގަޑިން، 6.45 ގައެވެ. އިލްޔާސްގެ ބައްޕަގެ ޑައިރީގައި މިވާހަކަ އަމިއްލަ އަތްޕުޅުން، ލިޔުއްވާފައިވަނީ މިފަދައިންނެވެ. “އަޅުގަނޑުގެ އެންމެއުފާވެރި ކާވެނީގެ އަގުމާތްގޮށް ޖެހުނުރެއެވެ.” އަތޮޅު ވެރިކަން ދެއްވީ، 19 ޖޫން 1952މ، 25 ރަމަޟާން 1371ހ، ވީ ބުރާސްފަތި ދުވަހުއެވެ. އަތޮޅުވެރިކަމުގެ ފަތްކޮޅު އެރުއްވީ، ދިވެހި ޤައުމުގެރައީސް މުހަންމަދު އަމީންގެ އަތްޕުޅުންނެވެ. އަތޮޅުވެރިކަމުން ވަކިކުރައްވާއި ބޮޑުސްޓޯރު ހަވާލުކުރެއްވީ، 15 ސެޕްޓެންބަރ 1953މ، 06 މުޙައްރަމް 1373ހ، ގައެވެ. ނިޔާވިއިރުވެސް ހުންނެވީ ސަރުކާރުގެ ޚިދުމަތުގައެވެ. އިތުރަށް ވިދާޅުވޭ

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެންމެން އެކުގައި ޗުއްޓީ ނެންގެވުމަކީ ގައުމަށްހުރި ސީދާ ގެއްލުމެއް!

އިލްޔާސް ހުސައިން އިބްރާހީމް.  (ލިޔުނީ: 2010 އޭޕްރީލް ގައި)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދިވިދިގެން ދެމަސްދުވަހުގެ ޗުއްޓީއެއް، ހުރިހާމެންބަރުން އެކުގައި ނެންގެވުމަކީ ވަރަށް ބޮޑުގޯހެކެވެ. ރަނގަޅު ކަމެއްނޫނެވެ. ގައުމަށްހުރި ބޮޑުނުބައެކެވެ. ގައުމަށް ފައިދާހުރި ގޮތެއް ނޫނެވެ. ދައުލަތުގެ ތިންބާރުންކުރެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް، 60 ދުވަހުގެ ދިގުމުއްދަތަކަށް ޗުއްޓީއެއްގައި ބޭއްވުމަކީ، އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. މުޅިގައުމު ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން އުޅޭދުވަސް ވަރެއްގައި ރައްޔިތުންގެ މަޖިލިސް އެހާގިނަދުވަހު އެއްނުވާގޮތަށް އޮތުމަކީ، އެއްވެސް ހާލެއްގައި ހަމަޖެހޭ އުސޫލެއްނޫނެވެ. ހިތާމަހުރި ކަމެކެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | 1 Comment

ދައުލަތުގެ އެންމެމަތީ ވެރިޔާގެ ޚުޠްބަތުލް ޢަރްޝި، 2010 !!

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2010 މާޗް ގައި)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެމަސްދުވަހުގެ ދިގުޗުއްޓީއަށް ފަހު، މަޖިލީހުގެ އާދައުރެއް މާޗްމަހު އެކެއްގައި ފެށިއްޖެއެވެ. 2010 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އާދައުރެއް ފެށިގެން ދިޔައީ ދިވެހިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ، ދައުލަތުގެ ވެރިޔާ އަލްފާޟިލް މުހަންމަދު ނަޝީދު ގެ ޚުޠްބަތުލް ޢަރުޝިއާ އެކުގައެވެ. ދައުލަތުގެ ވެރިޔާގެ ކުރިމަތީގައި ހުރި ޕޯޑިއަމް ތެރެއިން ފެންނަންހުރި ސްކްރީނަކުންނާއި ކަނާއަތްފަރާތާއި ވާއަތް ފަރާތުގައި ހުރިރީތިހިމަ ދަނޑިއެއްގައި ހަރުކޮށްފައިވާ ވަރަށްއޮމާން ނޭންގޭކަހަލަ ބިއްލޫރި ކޮޅަކުން ބައްލަވައިގެން ވިދާޅުވަމުން ގެންދެވި ވަރަކަށް، ރޯލްކުރެވެމުން ދިޔަ ޚުޠްބަތުލް ޢަރުޝި ހިމެނިގެން ދިޔައީ އޭފޯސައިޒުގެ ގަނޑަކަށް ދެސަފްޙާ ފެތޭގޮތަށް ބަހާލެވިފައިވާ، 35 ސަފްޙާގެ ވަރަށްވަރުގަދަ އިންޒާރެއް ހިމެނިގެންދިޔަ އާދަޔާޚިލާފު ޖަޒްބާތީ ޚުޠުބާއަކަށެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | 1 Comment

އިސްލާމްދީނުގައި ޑިމޮކްރަސީ.

އިލްޔާސް ޙުސައިން އިބްރާހީމް. (ލިޔުނީ: 2007 ގައި.)

މިމައުޟޫ، މުހިންމު މައުޟޫއަކަށް އަޅުގަނޑު ބަލައިގަނެ އިޚްތިޔާރު ކުރަންޖެހުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް، ރައީސްމައުމޫނުގެ ސަރުކާރުން ދެވަނަފަހަރަށް އަނެއްކާވެސް، ގޮވާލެއްވުމާ ގުޅިގެން އެމަސައްކަތް ކުރުމަށް އެކުލަވާލެވުނު ރައްޔިތުންގެ ޚާއްޞަމަޖިލިސް، ކަމުގައިވާ ރައްޔިތުންގެ ބޮޑުމަޖިލީހުން، ބުރަބޮޑު، ޤައުމީ މަސައްކަތް ކުރިޔަށް ގެންދާދުވަސް ވަރަކަށް ވާތީއެވެ. އަދި އެމުހިންމު މަސައްކަތާދޭތެރޭ ގައި، އެންމެހާރައްޔިތުން ވިސްނައި ފިކުރުކޮށް ގޭތެރޭގައްޔާއި ގޭތެރެއިން ބޭރުގައްޔާއި ސައިހޮޓާ ތަކާއި ހުރިހާތަނެއްގައި ހުރިހާއިރެއްގައި ވެސް ބަހުސްކޮށް ރަނގަޅު، ތެދުވެރި ނަތީޖާއެއް ހޯދުމަށް ރައީސްމައުމޫނު، އަމިއްލަފުޅަށް ގޮވާލައްވައި އެކަމާގުޅޭ ޚާއްޞަ ނުކުތާތަކެއް ރައްޔިތުންނައި ހިއްސާކޮށް ލައްވާފައިވާތީއެވެ. އެއީ އެއްގޮތަކަށްވެސް، ކިނބިގަސްދޮށުގޭ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމުގެ ހުށަހެޅުއްވުމެއް ނޫނެވެ. އެހުށަހެޅުއްވުން ތައް، އައިސްފައިވަނީ ދައުލަތުގެ ނިޝާނުގެ ދަށުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ނަންފުޅުގައެވެ. އެއީ 2005 ފެބްރުއަރީ 14 ވަނަ ދުވަހު ހުށަހަޅުއްވާފައިވާ، 31 ނުކުތާއެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | No Comments

ނުފޯދޭ ރުކަކުން އެތްހޯދުމާއި ނުވިހާކުއްޖެއްގެ ފޫޅުހޯދުން. ރައީސް މައުމޫނު އުފެއްދެވި ތިން ބަޣާވާތް.

އިލްޔާސް ހުސައިން އިބްރާހީމް.

އޭ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! މިމަޒްމޫނުގައި އަލިއަޅުވާލަން އަޅުގަނޑު މިއުޅެނީ، ކޮންމެ ދިވެހި ރައްޔިތަކުވެސް ވިސްނާލަންޖެހޭ ވަރަށްމުހިންމު ދިމާއަކަށެވެ. ފަހެ، ނުފޯދޭރުކަކުން އެތްހޯދުމާއި ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުމަކީ، އެންމެގިނައިން އިސްތިބްދާދީ ވެރިން އެމީހުންގެ ވެރިކަން ސާބިތުކޮށް މުޅިއުމުރަށް ދެންމުމަށްޓަކައި ކުރާބުރަ މަސައްކަތެކެވެ. ހަމަ އެފަދައިން މިމަސައްކަތައް ނުވިހާކުއްޖެއްގެ ފޫޅުހޯދުމޭ ވެސް ބުނެވިދާނެއެވެ. މިދެކަންތައް މަޖާޒީގޮތުން، މާނަވީދޭހައެއްނެތި އަޅުގަނޑު މިދޭހަކުރަނީ، އިސްތިބްދާދީ ވެރިން އެމީހުންގެ ވެރިކަންމުޅި އުމުރަށް ދެންމުމަށްޓަކައި، ކުރާބުރަ މަސައްކަތެކެވެ. ހަގީގަތެއްނެތް ގޮތުގައި އެކިމީސްމީހުނެގެ ބޮލުގައި އަޅުވާ، ބޮޑުބަދުނާމެވެ. ރައްޔިތުންނަށް އޮޅުވާލާ ބޮޑުއޮޅުވާލުމެވެ. ޚުދުމުޚްތާރު ވެރިޔާގެ އަރިހުގައި ތިއްބަވާ ބޮޑުންގެ ތެރޭގައި އަބަދުވެސް މިމަސައްކަތް ރާވާއި ހިންގައިދޭނެ ވަރަށް އިތުބާރުކުރެވޭ ޖަމާޢަތެއް ހަރަކާތްތެރި ވާނެއެވެ. އޭގެތެރޭގައި ކެބިނެޓް މިނިސްޓަރުންގެ އިތުރަށް ސިފައިންނާއި ފުލުހުން ތިބޭނެއެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | No Comments

ވެރިކަން ކުރުމަށް ނިޒާމެއް ހޯދުމުގެ ބަހުސުގެ ތެރެއިން!

ނޯޓް: މިމަޒްމޫނަކީ، 2006 މެއި 15 ވަނަ ދުވަހު ނުކުތް އެސަންދާނު، 8 ވަނަ އަދަދުގައި ޝާއިޢު ކޮށްފައިވާ އަޅުގަނޑުގެ ލިޔުމެކެވެ. އިލްޔާސް ހުސައިން އިބްރާހީމް.

ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދަނީ ކުރިޔަށް އޮތްތާގައި ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ގެންގުޅޭނެ ގޮތަކާމެދުގައެވެ. ބޮޑުމަޖިލީހުގެ 83 ވަނަ ޖަލްސާއާއި 84 ވަނަ ޖަލްސާގައި މިބަހުސް ވަރަށް ތަފްސީލުކޮށް ކުރިޔަށް ގެންދެވިއްޖެއެވެ. އަދި މީގެކުރިން ވެސްވަނީ، މިމައުޟޫއަށް ދިގުކޮށް ވާހަކަ ދައްކާފައެވެ. އުންމީދުކޮށްގެން މިތިބީ، އިރާދަ ކުރެއްވިއްޔާ، 2006 މެއި 7 ވާ އާދީއްތަ ދުވަހު އޮންނަ، 85 ވަނަ ޖަލްސާގައި ވޯޓަށް އަހައި ވަކިގޮތެއް ކަނޑަ އެޅޭނެއެވެ.

ފަހެ، ދުނިޔޭގައި އިންސާނުން އާބާދުވެ ދިރިއުޅެންފެށި ހިސާބުން ވެރިކަންވަނީ، ތައާރުފްވެ ފެށިގެން ހިނގައި ގެންފައެވެ. ކޮންމެ ދެމީހަކަށްވުރެ، އެކަކު އިތުރުވެއްޖެނަމަ، އިސްމީހަކު ހުރެއެވެ. އެކިއެކި މުޖްތަމަޢު ތަކުގައި ތަފާތުގޮތް ގޮތަށެވެ. ކޮންމެ ޖަމާޢަތެއްގެ ތެރޭގައި ވެސް ފާޑެއްގެ ނިޒާމެއް އުފެދި އަށަގެންފައި އޮވެއެވެ. އިސްލީޑަރަކު ހުރެއެވެ. ބޮޑުން ތިބެއެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | No Comments

އަތޮޅުވެރިންގެ ބައްދަލުވުމުގެ ފަހަތް!

ނޯޓް:މިމަޒްމޫނަކީ، 2006 މެއި 22 ވަނަ ދުވަހު ނުކުތް އެސަންދާނުގެ 9 ވަނަ އަދަދުގައި ޝާއިޢުކޮށްފައިވާ އަޅުގަނޑުގެ މަޒްމޫނެކެވެ. އިލްޔާސް ހުސައިން އިބްރާހީމް.

އެންމެ ފަހުންބޭއްވުނު ގައުމީ ފެންވަރުގެ ބޮޑުޖަލްސާއަކީ، އަތޮޅުވެރިންގެ ބައްދަލުވުން، 11 މާލެ، 9-18 މެއި 2006 އެވެ. 1980 ވަނަ އަހަރުން ފެށިގެން، މިއީ ގައުމީފެންވަރުގައި މިނިސްޓަރީ އޮފް އެޓެލްސް ޑިވެލޮޕްމަންޓުން ބާއްވަމުން ގެންދާ، ސިލްސިލާ ބައްދަލުވުމެކެވެ. އަޅުގަނޑަކީ، އަތޮޅުވެރިންގެ ބައްދަލުވުން ތަކުގައި އަމަލީގޮތުންނާއި ޖިސްމާނީ ގޮތުންނާއި ހުރިހާގޮތަކުން ވެސް ބައިވެރިވުމުގެ ނަސީބުލިބިފައިވާ މީހަކީ މެވެ. ޚާއްސަކޮށް ލ.އަތޮޅުގެ ބައްދަލުވުމާއި ބ.އިތޮޅުގެ ބައްދަލުވުން ތަކުގައި އެއަތޮޅު ތަކުގައި މަހެއްހާ ދުވަސް ކުރިންގޮސް އުޅެއް ޖެހުނެވެ. ފަހެ، މިހުރިހާ ބައްދަލުވުމެއްގެ ތެރެއިން، އެންމެދެ ބައްދަލުވުމެއް ފިޔަވައި ދެންހުރި ހުރިހާބައްދަލުވުމެއް ރަސްމީކޮށް ހުޅުއްވައި ދެއްވީ، ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.

އާދެ! 11 ވަނަ ބައްދަލުވުން ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި އެޓޮލްސް މިނިސްޓްރީގެ ނައިބު އަލްފާޟިލާ ފާތިމަތު ޝީރީން ވާހަކަ ދައްކަވަމުން ވިދާޅުވީ، މިރަސްމިއްޔާތުގެ އެންމެ މުހިންމު ކަމަކީ، ހުރިހާއަތޮޅެއްގެ އަތޮޅުވެރިން ރައީސް މައުމޫނު އަބްދުލް ގައްޔޫމާއެކު ކުރައްވާ ބައްދަލު ކުރެއްމުން ކަމަށެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | No Comments

ބޮޑުމަޖިލީހުގެ ރައީސް ޢައްބާސް އިބްރާހީމަށް ޢިތުބާރު ކުރާކަށް ނެތިން ނުވެސް ކުރާނަން.

ނޯޓު: މިގެނެސްދެނީ، 2006 މާޗް 26 ވަނަ ދުވަހުއޮތް ބޮޑުމަޖިލީހުގެ، 75 ވަނަ ޖަލްސާގައި، އެމަޖިލީހުގެ ރައީސް އޮނަރަބްލް އައްބާސް އިބްރާހީމްގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓުނެގުމަށް ހުޅަހެޅުނު މައްސަލައާ ގުޅިގެން ބޭއްވުނު ބަހުސްގައި، އދ.އަތޮޅު މެންބަރު އިލްޔާސް ހުސައިން އިބްރާހީމް ދެއްކެވި ވާހަކަފުޅެވެ. މިވާހަކަތައް މިގޮތަށް އެސަންދާނުގެ، 50 (ފަންސާސް) ވަނަ އަދަދުގައިވަނީ، އަކުރުން އަކުރަށް ޝާއިޢުކޮށް ފައެވެ. އަޅުގަނޑުގެ ސައިޓްގައި މިވާހަކަކޮޅު މިގެނެސްދެނީ ކިޔުންތެރިންނަށް ބަލާލަން، އަދި ކިޔާލަން ފަސޭހައަށެވެ. މަޖިލީހުގެ ޔައުމިއްޔާގައި މިވާހަކަތައް ގެނެސްދީ ފައިހުރީ އެތައްބައެއް މަދުކޮށް، އޮޅުވާލައި އޮޅުންބޮޅުންކޮށް ގެންނެވެ. އެހެންވެ މިވާހަކަކޮޅު އަޅުގަނޑު ތައްޔާރުކޮށް ބޮޑު މަޖިލީހުގެ ތަޅުމުގައި ކިޔަމުން ގެންދިޔަގޮތް ސައްހައިބާރާތުން، ބަޔާންކޮށް ދިނުމުގެ ގޮތުން ގެނެސްދިނީއެވެ. ޝުކުރިއްޔާ! އިތުރަށް ވިދާޅުވޭ

Filed under: Political | No Comments

ރައީސް ޖަމާލް އަބްދުއް ނާސިރުގެ ދީނީ އިންގިލާބާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދީނީ އިންގިލާބު.

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 ގައި)

ޒަމާންވީ މުސްތަބިއްދު ރަސްކަމަކަށް ސިއްކަޖަހައި ނިމުންގެނެވުނު ދުވަހެކެވެ. 1952 ވަނަ އަހަރުގެ 23 ވީ، ބުދަދުވަހުގެ ތާޒާއަލިކަމާ އެކު، އެދުވަހު ހެދުނު 7.30 ގައި މިސްރުގެ ގޭގެއަށާއި މުޅިދުނިޔެއަށް އަޑުއިވޭ ގޮތަށް، މިސްރުގެ ޓީވީސްޓޭޝަނާއި ގައުމީ ރޭޑިޔޯ މަރުކަޒު ސިފައިންގެ ގްރޫޕަކުން ހިފުމަށްފަހު، އިއުލާނު ކުރެވިގެން ދިޔައަޑަކީ، މިސްރަށް މިލިޓަރީ އިންގިލާބެއް ގެނެވުނު އަޑެވެ. މިކަން އިއުލާނުކޮށްދެއްވީ، އޭރުގެ މިލިޓަރީ އޮފިސަރެއްގެ ގޮތުގައި ސިފައިން ތެރޭގައި އިސްކޮށް ހުންނެވި، މުހަންމަދު އަންވަރުއް ސާދާތުގެ މިލިޓަރީ އަޑުފުޅުންނެވެ. ފަހެ، ރަސްކަމަކުން ޖުމްހޫ ރިއްޔަތަކަށް މިސްރުގެ ވެރިކަން ބަދަލު ކޮށްލީ ޒުވާން މިލިޓަރީ އޮފިސަރުން ކޮޅެއް ހިމެނޭ ވަރުގަދަ ގައުމީ ރޫޙެއްގެ މަތީގައި ދެމިގެންދިޔަ ހަރަކާތަކުން ނެވެ. މިހަރަކާތުގެ ނަމަކީ، “ފްރީއޮފިސާސް މޫވްމަންޓް” އެވެ. ފަހުން މިސްރުގައި ވެރިކަން ކުރެއްވި އަންވަރުއް ސާދާތަކީ، ފްރީ އޮފިސަރުންގެ މިހަރަކާތުގައި ބައިވެރިވި ގައުމީރޫޙުން ފުރިފައިވާ އޮފިސަރެކެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | No Comments

ރައީސް މައުމޫނުގެ 29 ބޭކަލުން ބޮޑުމަޖިލީހުން ބޭރުކުރުން!

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 ޖޫން ގައި)

ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު އައްޔަން ކުރައްވާފައި ތިއްބަވާ، 29 އިއްޒަތްތެރި މެންބަރުން ތިއްބަވައެވެ. މިއީ މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގައި މިކަން ލިޔެވިފައި އޮންނަގޮތެވެ. ބޮޑުމަޖިލިސް އެކުލެވިގެން ވާގޮތް ބަޔާންކުރަނީ، ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައެވެ. އަސާސީގައި އެމާއްދާ ލިޔެފައި އޮންނަގޮތް އަކުރުން އަކުރަށް ދަންނަވާ ލާނަމެވެ. އިތުރަށް ވިދާޅުވޭ

Filed under: Political | No Comments